ads
މިރާލް
މިރާލް އަނެއްކާވެސް ގައުމީ ރެކޯޑްއާކޮށްފި
200 މީޓަރު އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރިކޯޑު މިރާލް އައިން ލަތީފް އައުކޮށްފިއެވެ.

200 މީޓަރު އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރިކޯޑު މިރާލް އާކުރީ، އިނގިރޭސިވިލާތުގައި ކުރިއަށްދާ ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި ވާދަކޮށްގެންވެ.

200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރިކޯޑު މިރާލް އައުކޮށްފައިވަނީ 02:50.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ. 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރިކޯޑު އާކޮށްފައިވަނީ 06:09.10 އިން ރޭސް ނިންމައިގެންނެވެ.

މީގެތެރެއިން 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް މިރާލްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް