މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އަހަރަކު އެއް ފަހަރު ބާއްވަމުން އަން މި ޔޮޓްރެލީ އަކީ 2022 ވަނައަހަރުން ފެށިގެން ކުރިޔަށް ގެންދާ އިވެންޓްއެކެވެ.
މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިޔަށްދާ މި ދަތުރު ނިންމާލާނީ އައްޑޫ ސިޓީއަށެވެ. މިދިޔަ ސަރުކާރުން ތަރައްޤީކުރި ޕިކްނިކް އައިލެންޑްް ކުޑަގިރުން ފެށި މި ދަތުރުގައި ބައިވެރިވާ ޔޮޓްތައް ދަތުރުކުރުމަށް 8 ރަށެއްގައި ބަންދަރުކުރާނެއެވެ.
މިފަހަރުގެ ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓެއް
ޔޮޓްތައް ބަނދަރުކުރާނެ ރަށްތައް
މި ޔޮޓްތައް ރާއްޖޭގެ ދެކުނަށް ކުރާ މި ދަތުރުގައި ރާއްޖޭގެ ބޮޑު ދެ ކަނޑެއް ހުރަސްކޮށް އީކުއެޓާވެސް ހުރަސްކުރާނެކަމަށް އެމް.އައި.ޓީ.ޑީ.ސީން ބުނެއެވެ.
މިފަހަރުގެ ދަތުރުގައި 55 މީހުންނާއި އެކު 10 ޔޮޓެއް ބައިވެރިވެއެވެ. އޭގެތެރޭގައި ފިންލޭންޑް، އޮސްޓްރޭލިއާ، ފްރާންސް، ޔޫކޭ، އަދި ޔޫއޭއީ ބައިވެރިން ހިމިނެއެވެ.
ސަވާދީއްތަ ދަތުރު ފެށުމަށް ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތުގެތެރެއިން
"ސަވާދީއްތަ" ފުރަތަމަ ދަތުރުގައި ބައިވެރިވީ 7 ޔޮޓެވެ. މިދިޔަ އަހަރުގެ ދަތުރުގައި 14 ޔޮޓެ ބައިވެރިވިއެވެ.