ads
ހާލަންޑް
ހާލަންޑުގެ ދެ ލަނޑުން ސިޓީ އެއްވަނައަށް
އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް ހާލަންޑު އައިސް ޖެހި ފުރަތަމަ ދެ ލަނޑާއެކު ސިޓީން ޕްރިމިއާ ލީގުގެ އެއްވަނައަށް އަރައިފިއެވެ.

ސިޓީ އެއްވަނައަށް އެރީ މިރޭ، އެވަޓަން އަތުން ދެ ލަނޑު ސުން ލަނޑުން މޮޅުވެގެންނެވެ. މި މެޗުގައި ސިޓީން ޖެހި ދެ ލަނޑުވެސް ޖެހީ ހާލަންޑުއެވެ. ސިޓީއެއްވަނަ އަށް އެރިއިރު ދެވަނައިގަ އޮތީ ލިވަޕޫލްއެވެ. ސިޓީ އެއްވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓާ އެކުއެވެ. 

ދެވަނައިގައި ލިވަޕޫލް އޮތީ 23 މެޗުން 51 ޕޮއިންޓާ އެކުއެވެ. އާސެނަލް އޮތީ 49 ޕޮއިންޓްގައެވެ. ހަތަރު ވަނައިގައި އޮތީ 46 ޕޮއިންޓާއެކު އެސްޓަން ވިލާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް