ads
މާޔަންއަށް މަގުމަތިން ހަމަލާދީ ފަށް ފޭރިގެންފި
މަޝްހޫރު ކުޅިވަރު ޝަހްސިއްޔަތު، މާޔަން މުހައްމަދަށް މަގުމަތިން ހަމަލާދީ، ކަރުގައި އޮތް ރަން ފަށް ފޭރިގެންފިއެވެ.

މާޔަން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ. މާޔަން ބުނީ ދުވެފައި އަންނަނިކޮށް، އޭނާ ވައްޓާލާ، ކަރުގައި އޮތް ރަން ފަށް ފޭރިގަތީ ސައިކަލެއްގައި އައި ދެ މީހުން ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މާޔަން ބުންޏެވެ.

މާޔަން ވަނީ އެ ފަށް ވިއްކަން ބަޔަކު އުޅޭނަމަ ނުވަތަ އެ ފަށް އެއްވެސް މީހަކު އަޅައިގެން ހުއްޓާ ފެނިއްޖެނަމަ އެކަން އަންގާދިނުމަށްވެސް އެދިފައެވެ. 

މި މައްސަލައިގައި ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

your imageމާޔަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް

މާޔަންއަކީ، އޭއެފްސީގެ އިންތިހާބުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެ ފެޑެރޭޝަނާ ދެކޮޅަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި ދައުވާ އުފުލައި އެ ދައުވާ ކާމިޔާބުކޮށްފައިވާ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ އަންހެން ޝަހްސިއްޔަތެކެވެ. މާޔަންވަނީ އޭއެފްސީގެ އިންތިޚާބުގައި ހިނގައިދިޔަ ކަންކަން ސްޕޯޓްސް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅައި، އެ މައްސަލަ ކާމިޔާބުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް