ރޭ އެވަޓަން އަތުން މޮޅުވެ ސިޓީ އެއްވަނައަށް އެރީ، 52 ޕޮއިންޓާއެކުއެވެ. އެހެންނަމަވެސް އެ މެޗު ނިމުނުތާ އިރުކޮޅެއް ފަހުން ފެށި ލިވަޕޫލް މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށްވަނީ އަލުން އެއްވަނަ ލިބިފައެވެ. ލިވަޕޫލް މި މެޗުން މޮޅުވެ އެ ޓީމުން ވަނީ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ލިވަޕޫލް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.
ލިވަޕޫލުން މި މެޗުގައި ލަނޑުތައް ޖެހީ ޑިއޭގޯ ޖޯޓާ، ލުއިސް ޑިއާޒް އަދިއ ޑާވިން ނުނޭޒްއެވެ. ބާންލޭގެ ލަނޑޫ ޖެހީ ޑާރާ އޯ ޝޭއެވެ.