ads
އުނގޫފާރު
އުނގޫފާރު ފަޅުތެރެއިން އިތުރު 3 ހެކްޓަރުގެ ބިން ހިއްކަނީ
ރ.އުނގޫފާރު ފަޅުތެރެއިން މިހާރު ހިއްކަމުންދާ ބިމުގެ އިތުރުން އިތުރަށް 3 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮންމެ ދުވަހަކުވެސް އާއްމު ރައްޔިތެއްގެ ސުވާލަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ކުރިޔަށް ގެންދާ ރައީސްގެ ޖަވާބުގައި ރ.އުނގޫފާރުގެ ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އެމީހާގެ ސުވާލުގައި ބުނީ އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސްގެ ވައުދުވެޑައި ގެންނަމަވެސް ބިން ހިއްކަމުން ދަނީ ކުރިންވެސް ހިއްކަން ހަމަޖެހިފައިވާ ވަރަށް ކަމަށް ބުނެ އެކަމާއި ގުޅުވައިގެންނެވެ. 

ރައީސް ވިދާޅުވީ ވީ ވައުދެއް ވިއްޔާ ވައުދުވީ ގޮތަށް، އެކަންކޮށްދޭނެ ކަމަށާއި ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނެ ކަމަށް ވައުދުވެވަޑައިގަންނަވާކަމަށެވެ.

އަޅުގަނޑު ވީ ވައުދެއް ވިއްޔާ ވައުދުވީ ގޮތަށް، އެކަންކޮށްދޭނަން. ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެ ކަމަށް. މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެއް އިތުރު 3 ހެކްޓަރުގެ ބިން ހިއްކީމައި، ފަޅުތެރެއިން ހިއްކަން އޮތްއެންމެ ބޮޑަކަށް ހިއްކޭ. ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއު އަކީ އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދާއިރު މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށް ހަމަޖެހިފައިވެއެވެ. 

އެމްޓީސީސީ އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގައި ނަމަވެސް މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހުސްވި މަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް