އެމްއެފްޑީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބެޓީކްރޮކަސް ގެ ބައެއް ބާވަތްތައް ބޭނުން ނުކުރަން އަންގާފައިވަނީ ބެޓީ ކްރޮކަ ސުޕަ މޮއިސްޓް ކޭކު މިކްސް، ޗޮކްލެޓް ފަޖް ޕެކެޓުގައި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތަކުން ހުޅަހެޅުމުން އެ އިދާރާއިން ކުރި ތަހުލީލުތަކުން ލަމްޕް ނުވަތަ ގަނޑުލައި އުކުނު ފަދަ ދިރޭ ކުދި ސޫފިން ތަގައްޔަރުވެފައިވާ ކަމަށް ދެއްކުމުންނެވެ.
އެމްއެފްޑީއޭ ގެ ބަޔާން
ބޭނުން ނުކުރުމަށް އަންގާފައިވަނީ 2 ބާވަތެކެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރޮޓީ އިން ވަނީ ހުސްވި މަހުގައި ޓޮބްލެރޯން ޗޮކްލެޓް ތަކެއް ޕްލާސްޓިކުން ތަގައްޔަރުވެފައިވާތީ ނުކެއުމަށް އަންގާފައިވީއިރު އެ ޗޮކްލެޓު އުފައްދާ މެޝިނައް ދިމާވި މައްސަލައަކާއި ގުޅިގެން ދިމާވިކަމެއްކަމަށް އެމްއެފްޑީއޭއިން ބުނެ އެެވެ.