ads
މަސްއޮޑި ޓީމުގެ ބައެއް ކުޅުންތެރިން
މަސްއޮޑި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށް، އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގައެއް، މަސްއޮޑި ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ.

މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މަސްއޮޑި މޮޅުވީ ޓެންޓް ސްޕޯޓްސްއާ ކުޅެއެވެ. މި މެޗުން މަސްއޮޑި މޮޅުވީ ފަސް ލަނޑު އެއް ލަނޑުގެ ނަތީޖާއަކުންނެވެ. 

ދެވަނަ ޑިވިޝަނުގެ ފައިނަލުގައި މަސްއޮޑިއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މާދަމާ ވިކްޓްރީއާ ނިއު ކުޅޭ ސެމީ ފައިނަލް މެޗުންނެވެ. މާދަމާގެ ސެމީން މޮޅުވާ ބަޔަކުވެސް އެއްވަނަ ޑިވިޝަނަށް އަރާނެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި މަސް އޮޑިން ވަނީ 26 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، ހުސެއިން ޝަރީފް އެވެ. ޓެންޓް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފަ އެވެ. ލަނޑު ޖެހީ، ސްރީ ލަންކާގެ ކުޅުންތެރިޔާ، ޗަލަނަ ޗަމީރާ އެވެ.

ދެ ވަނަ ހާފް ފެށިގެން 10 މިނިޓް ތެރޭ، މަސް އޮޑިން ވަނީ އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ޕެނަލްޓީ އަކުން އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އިސްލާމް ފިކްރީ އެވެ. މަސް އޮޑި އަށް ޕްރެޝަރު ކަނޑުވާލައިދިން ގޯލު ޖެހީ، 80 ވަނަ މިނިޓްގައި އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. މެޗުގެ 89 ވަނަ މިނިޓްގައި މަސް އޮޑިން ވަނީ ހަތަރު ވަނަ ލަނޑު ޖެހީ، އަބްލާތީ އެލް ސައީދު އެވެ. މަސް އޮޑިން ޖެހި ފަސް ވަނަ ލަނޑު ޖެހީ ޒިޔާން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް