ads
ފީފާ
ފުޓްބޯޅައިން އިޒްރޭލު އުމުރަށް ސަސްޕެންޑްކޮށްދޭން ފީފާގައި އެދެފި
އިޒްރޭލުގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ދާއިމީކޮށް ސަސްޕެންޑް ކުރުމަށް، އިރާނުން ފީފާގައި އެދެފިއެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހޮނިހިރު ދުވަހު ބުނެފައިވަނީ ޣައްޒާގައި އެގައުމުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީ ފީފާގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

އެކަން ހާމަކޮށް، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ވެބްސައިޓުގައި ބުނެފައިވަނީ ވަނީ އިސްރާއީލުގެ ފެޑެރޭޝަން ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ހަރަކާތްތަކުން" "އުމުރަށް ސަސްޕެންޑް" ކުރުމަށް ފީފާއަށް އެދިފަ އެވެ.

އަދި އިސްރާއީލުގެ ޖަރީމާތައް ކުރިއަށް ދިއުން ހުއްޓުވައި، މައުސޫމް މީހުންނާއި އާންމުންނަށް ކާބޯތަކެއްޗާއި ބޯފެނާއި ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް ފީފާ އާއި އެ ޖަމިއްޔާތަކުގެ މެމްބަރު ޖަމިއްޔާތަކުން ވަގުތުން ސީރިއަސް ފިޔަވަޅުތަކެއް އަޅަން ވެސް އެދިފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް