ފުނަދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ލިބިފައިވާކަން އިލްހާމް ވަނީ މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ކަށަވަރުކޮށްދީފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހްއަށް ތާއީދުކޮށް އެމްޑީޕީއަށް ސޮއިކުރެއްވި އިލްހާމް ވަނީ އެ ޕާޓީގެ ޕްރައިމަރީގައި މީގެ ކުރިން ވާދަކުރައްވަން ނިންމެވުމަށް ފަހު ނަން އަބުރާ ގެނެސްފައެވެ.
ށ. ފުނަދޫ ދާއިރާގެ ޓިކެޓް އެމްޑީޕީން ދީފަވަނީ މިހާރުވެސް އެ ދާއިރާ ތަމްސީލް ކުރައްވާ މުހައްމަދު ޝާހިދުއަށެވެ. އިލްހާމަށް ޓިކެޓް ދީފަ މިވަނީ ޝާހިދު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވުމާއި ގުޅިގެންނެވެ.
އިލްހާމް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާ މެމްބަރުކަން ވެސް ކުރައްވާފައެވެ.