ads
ސަރުކާރު ކެންޑިޑޭޓުންނަށް މަސްދަޅު ބެހުން މައްސަލައަކަށް ނުވި، ދިޔައީ މާ ލިބޭނެ:ޝިޔާމް
މަޖިލީހުގެ މެންބަރުން ދިޔުމުން ވެސް މިފްކޯގެ ޕްރޮމޯޝަނަށް އެކުންފުނިން މަސްދަޅު ދޭނެކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅު ވެއްޖެ އެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕާޓީން ނުކުން ބައެއް ކެންޑިޑޭޓުން ޕްރޮމޯޓްކޮށް މަސްދަޅު ދިނުމުން އެކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރުން ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މެމްބަރުން ޔައުގޫބް މިފްކޯއަށް ވަޑައިގެންނެވުމުން ވެސް މަސްދަޅު ހަދިޔާއަށް ކުރައްވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 

" މިފްކޯއިން ދަޅުމަސް ބަހާ މި ބެހުމަކީ ސަރުކާރު ކެންޑިޑޭޓުންނަށް. އަޅުގަނޑު ގަބޫލުކުރާގޮތުގައި އިއްޒަތްތެރި މެމްބަރު ވަޑައިގަތަސް ހަމަ މިފްކޯއިން ހަމަ ވަޑައިގަތީމަ ހަމަ މިފްކޯގެ ޕްރޮޑަކްޓް ފްރޮމޯޓް ހަމަ އެ މެހެމާންދާރީ ލިބިވަޑައިގަންނަވާނެ." ޝިޔާމް ވިދާޅުވިއެވެ.

your imageމިފްކޯއިން ސަރުކާރު ކެންޑިޑޭޓުންނަށް ހަދިޔާ ދީ ޕްރޮމޯޓްކުރަނީ 

ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ ޕީއެންސީގެ ރައްޔިޔުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް މިފްކޯއިން މަރުހަބާ ކިޔާ އެކުންފުނިން ދިޔައީ މިފްކޯގެ އުފެއްދުންތައް ހިމެނޭ ހަދިޔާ ޕެކެއް ވެސް ދެމުންނެވެ. އަދި މި މަންޒަރުތައް އެ ކުންފުނީގެ އެކްސްގައި ދިޔައީ ޕޯސްޓްކުރަމުންނެވެ. އެހެން ނަމަވެސް އާއްމުން ފާޑުކިޔަން ފެށުމުމް އެ ޕޯސްޓްތައް ވަނީ ޑިލީޓްކޮށްފައެވެ.  

މިފްކޯއިން ކުރި ޕޯސްޓްތަކުގައި ވަނީ ކާށިދޫ ދާއިރާގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމް، ގެމަނަފުށި ދާއިރާގެ ކެންޑިޑޭޓު އަސަދުﷲ ޝިހާބު، ހިންނަވަރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު އަބްދުއްރަހުމާން، ވިލިނގިލި ދާއިރާގެ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދު، އަދި ކޮލަމާފުށި ދާއިރާގެ ކެންޑިޑޭޓު އިބްރާހީމް ދީދީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް