ads
ކުޑަހެންވޭރު - ވިކްޓްރީ މެޗުގެ ތެރެއިން
ދަނޑުގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި
މިދިޔަ ބުދަ ދުވަހުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލު މެޗުގައި ގަލޮޅު ދަނޑުގައި ހިންގި ހަމަ ނުޖެހުންތަކާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލު މެޗުގައި ގަލޮޅު ދަނޑުގައި ހިންގި ހަމަ ނުޖެހުންތަކާ ގުޅިގެން ކުރިންވެސް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ފަހުން ހައްޔަރު ކުރީ 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބަންދަށް 15 ދުވަސްވަނީ ޖަހާފައެވެ.

ރަސްމީ ދަނޑުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މީހަކާ، 35 އަހަރުގެ މީހެކެވެ. މި ދެ މީހުންވެސް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި އެންމެންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ.  އެ މެޗުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން މެޗުގެ ކުޅުން ހުއްޓާލިއިރު، މެޗުގައި ނުކުޅެ ބާކީ އޮތް ވަގުތުތައް ކުޅެން ކުޑަހެންވޭރުންވަނީ ދެކޮޅު ހަދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް