އަންހެން ޑިވިޝަނުގެ ލީގު ޗެމްޕިއަންކަން ކްއީންސްއިން ހޯދީ، ތލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. ރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ކުއީންސް ވަނީ އެލީޓް ސްޕޯޓްސް ކުލަބު އަތުން 97-55 ޕޮއިންޓުން މޮޅުވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ވަނީ 24 ޕޮއިންޓް ހޯދައިދީފައެވެ. މި މެޗުގައި އެލީޓް ސްޕޯޓްސް ކުލަބަށް އެންމެ ރަނގަޅު ކުޅުމެއް ކުޅުނު އައިޝަތު އިނާޝާ ވަނީ 17 ޕޮއިންޓް ހޯދައިދީފައެވެ.
ޗެމްޕިއަންކަން ހޯދި ކްއީންސް ޓީމަށް ޝީލްޑް ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރެވެ.