ads
ރާއްޖޭގެ ތަރައްގީއަށް އަބޫދާބީން އަބަދު ވެސް އެއްބާރުލުން ދޭނެ: ދުބާއީ ފަންޑު
ރާއްޖޭގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އަބޫދާބީއިން އަބަދު ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރު ޖެނެރަލް (ޑީޖީ) މުހަންމަދު ސައިފް އަލް ސުވައިދީ މިއަދު ދެއްވައިފި އެވެ.

ދެއްވާނެކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރު ޖެނެރަލް (ޑީޖީ) މުހަންމަދު ސައިފް އަލް ސުވައިދީ މިއަދު ދެއްވައިފި އެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އަބޫދާބީއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަބޫދާބީ ފަންޑުގެ ވެރިޔާ މިއަދު ދެއްވީ ރައީސް މުއިއްޒު އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމުގެ ތެރޭގަ އެވެ.

ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވާމަންޓްސް ސަމިޓް 2024ގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސާއި ޑީޖީ ވަނީ ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ ތަރައްގީއަށް އަބޫދާބީ ފަންޑުން ދޭ ދީލަތި އެހީތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ރައީސް ވަނީ މި ފަންޑުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ ބޭފުޅުން ވަނީ މި ފަންޑުގެ އެހީގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ސިއްހީ ދާއިރާ އާއި، އިގްތިސާދީ ދާއިރާގެ އިތުރުން ރާއްޖެ ތަރައްގީ ކުރެވޭނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދުބާއީގައި މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބާއްވާ ވާލްޑް ގަވާމަންޓް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ދުބާއީއަށް ފުރާވަޑައިގެންނެވީ އިއްޔެގެ ހަވީރުގެ ވަގުތުގައިއެވެ. 

މި ދަތުރުފުޅަކީ ޔޫ.އޭ.އީ.ގެ ވައިސް ޕްރެޒިޑެންޓް ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ވާލްޑް ގަވާމަންޓް ސަމިޓްގެ ތީމަކީ "ޝޭޕިން ފިއުޗާ ގަވާމަންޓްސް" އެވެ

މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލް އަގްވާމީ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓާ އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެ މުސްތަގްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މި ސަމިޓްގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓަށް ވަޑައިގަންނަވާ ބައެއް އިއްޒަތްތެރިންނާ ބައްދަލު ކުރައްވާނެ އެވެ. މީގެ އިތުރުން މާދަމާ ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސް ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް