މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަސައްކަތާ ގުޅޭ ބިޑް ޑޮކިއުމަންޓް މިމަހުގެ 15 އިން ފެށިގެން ޖެނުއަރީ 20 އާ ހަމައަށް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 300 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އަދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ޝީޓާއި ބިޑް ފޯމް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ 2025 ޖެނުއަރީ 22 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 2 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.