ads
ދަ ޑިމޮކްރެޓްސް މެމްބަރުން އިތުރު ކުރުމުގެ ތެރެއިން
ޑިމޮކްރެޓްސްއަށް 10،000 މެމްބަރުން ހަމަކުރަނީ
މި އަހަރު ނިމުމުގެ ކުރިން ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ އިތުުރުކުރުމަކީ އަމާޒެއް ކަމަށް، އެ ޕާޓީގެ ވަގުތީ ރައީސް ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.
Advertisement

މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް އުފެއްދި ޑިމޮކްރެޓްސްގެ އިސްސަފުގައި ތިބި ބައެއް މެމްބަރުން ވަނީ އެޕާޓީ ދޫކޮށް އިދިކޮޅު އެމްޑީޕީއާ ގުޅިފައެވެ. އަލުން އެމްޑީޕީއާ ގުޅުނު މެމްބަރުންނަކީ ޑިމޮކްރެޓްސް އުފައްދަން އެމްޑީޕީ ދޫކޮށްލި މެމްބަރުންނެވެ. 

ޑިމޮކްރެޓްސްގެ ހިންގެވުމާއި ހަވާލުވެ ހުންނެވި ޕާޓިގެ ވަގުތީ ރައީސް ހުސެއިން ފިރުޝާން މިވަގުތު އަމާޒަކީ ޕާޓިއަށް މެމްބަރުން އިތުރުކުރުން ކަމަށެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ތެރޭގައި އެޕާޓީގެ މެމްބަރުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް މެމްބަރުން އިތުރުކުރަން ހިންގި ހަރަކާތްތަކާއެކު މިދިޔަ 7 މަސް ދުވަހުގެ ތެރޭގައި މެމްބަރުންގެ އަދަދަށް ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ފިރުޝާން ވިދާޅުވީ އަދަދުތަކުން ދައްކައިދެނީ ޑިމޮކްރެޓްސްއާ މެދު ރައްޔިތުންގެ ޝައުގުވެރިކަން އޮތްކަމަށެވެ. އެހެންކަމުން އމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 ވުރެ ގިނަ މެމްބަރުން ޕާޓީއަށް ހަމަކުރުންކަމަށް ފިރްޝާން ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަނުންސިޔާސީ ޕާޓިގެ ދަފްތަރު ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގެ ނިޔަލަށް ޑިމޮކްރެޓްސްގައި ތިބީ މެމްބަރުންގެ އަދަދަކީ 4،328 އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސްގައި ވެސް މިވަގުތު އަމަލީ ގޮތުން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކުރިން އެމްޑީޕީގައި އިސް މަގާމުތަކުގައި ތިބުމަށްފަހު ދަ ޑިމޮކްރެޓްސް އުފެއްދި ބައެއް މެމްބަރުން ވަނީ އެޕާޓިން ވަކިވެ އަލުން އެމްޑީޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ފަހުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ޑިމޮކްރެޓްސެގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒާއި، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން މިދިޔަ އެމްޑީޕީ ވެރިކަމުގައި އެސްޓީއޯގެ އެމްޑީކަން ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް