ads
"ސައިންސްގެ ދާއިރާތަކުން އަންހެނުން ކުރިއެރުވުމަށް ރާއްޖެއިން ސަމާލުކަންދޭ"
ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ހާއްސަ ސަމާލުކަމެއް ދެމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ނުވަ ވަނަ "އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް އެސެމްބްލީ" ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

އެ މެސެޖުގައި މެޑަމް ސާޖިދާ ވިދާޅުވީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުކޮށް ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށެވެ.

މީގެ އިތުރުން، އިޖުތިމާއީ، އިގްތިސޯދީ އަދި ސިޔާސީ މައިދާނުގައި ވެސް ދެ ޖިންސުގެ ދެމެދުގައި ތަފާތު ކުރުމެއް ނެތި އަންހެނުންނަށް އެއްހަމައަކުން ފުރުސަތު ކަށަވަރުކުރުމަށް ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާކަމަށް އެކަމަނާ ވިދާޅުވި އެވެ.

އދ ގެ އާންމު މަޖިލީހުގެ ގަރާރުގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުންދާ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް އެސެމްބްލީ ބާއްވާފައިވަނީ ނިއުޔޯކުގައި، މިމަހުގެ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް