މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ނޫން އަނެއް ދުވަހު ހަމަވާއިރު، އެ އިންތިހާބުގައި ވާދަކުރައްވައިފާނެކަމުގެ އިޝާރާތެއް އަނާރާ ދެއްވީ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ހުރާ ދާއިރާގައި ހިމެނޭ ހިންމަފުށްޓަށް ވަޑައިގަންނަވާ ވީޑިއޯއެއް ހިމަނުއްވާ އެކްސް ގައި އަނާރަ ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރަން ގިނަ ރައްޔިތުން އެދިފައިވާ ކަމަށެވެ.
އަނާރާ ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީގައި ހުރާ ދާއިރާއަށް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް އެ އިންތިހާބުން އަނާރާއަށްވީ ނާކާމިޔާބެވެ. ހުރާ ދާއިރާގެ ޓިކެޓް ހޯދުމަށް ހަތް ކެންޑިޑޭޓަކު ވާދަކުރި އެވެ. ޓިކެޓް ހޯއްދެވީ އަބްދުﷲ ވާރިސް އެވެ. ވާރިސް ވަނީ 372 ވޯޓް ހޯދާފައެވެ. އަނާރައަށް ލިބިވަޑައިގަތީ 257 ވޯޓެވެ.