މަޝްހޫރު ރެޕް ލަވަކިއުންތެރިއާ ކާޑީ ބީ އަށް މި ލަދުވެތިކަމާ ކުރިމަތިލާންޖެހުނީ މި ހަފްތާ ބަންދުގައި "ބޮނާރޫ މިއުޒިކް އެންޑް އާޓްސް ފެސްޓިވަލް" ގައި ޕާފޯމް ކުރަމުން ދަނިކޮށެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ރެޕު ލަވަކިއުންތެރިއާ ލައިގެން ހުރި ރެއިންބޯ ކެޓްސޫޓް ގެ ކައްގަނޑު ފަަޅައިގެން ދިޔައީ އޭނާ ސްޓޭޖުގައި ނަށަމުން ފުންމާލިތަނުންނެވެ.
ކައްގަނޑު ފަޅައިގެން ދިޔަ ނަމަވެސް، އޭނާ ވަނީ އެކަމުގެ ސަބަބުން އޭނާގެ ޕާފޯމެންސް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައެވެ.
އުމުރުން 26 އަހަރުގެ ކާޑީ އަށް ކުރިމަތިވި ލަދުވެތި ހާލަތުގެ ސަބަބުން އޭނާ ސްޓޭޖުމަތީގައި ބިރުގަނެފައެއް ނުވެއެވެ.
މިއީ މިފަދަ ކަމެއް ކާޑީ ބީ އަށް ދިމާވި ފުރަތަމަ، ފަހަރެއްވެސް ނޫނެވެ. މީގެ ކުރިންވެސް ކާޑީ ލައިގެން ހުރި ހެދުމެއް ފަޅައިގެން ގޮސްފައިވެއެވެ.