ads
މައުމޫން ޕާޓީ އުވާލުމުން ކޮމިޝަނުން ބައިލައްކަ ރުފިޔާ އެޕާޓީއަށް ދޭން ޖެހިއްޖެ
ރައީސް މައުމޫން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް( އުވާލުމަށް ނިންމީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅާ 50 ހާސް އެޕާޓީއަށް ދެއްކުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްއާރުއެމް އުވާލަން ނިންމުމުން އެ މައްސަލަ ސިވިލްކޯޓަށްް ހުށައެޅީ އެޕާޓީންނެވެ. އަދި އެ މައްސަލަ ނިމެންދެން އެ ޕާޓީ އުވާލުމުގެ މަސައްކަތް މަޑު ޖައްސާލަން ސިވިލްކޯޓުން އޮތީ އަމުރެއްވެސް ނެރިފައެވެ.  

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު އެވެ. އިލެކްޝަނުން އޭރު ހާމަކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރުގެ ފެބުރުއަރީގެ ނިޔަލަށް އެމްއާރުއެމްގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. މަދުވަނީ 21 މެންބަރުންނެވެ.

ސިވިލްކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެމްއާރުއެމް އުވާލަން ނޯޓިސް ދިން އިރު ފްރޮސެސް ނުކުރެވޭ ފޯމުތައް ހުރިކަން އެނގޭކަމަށެވެ. އަދި ފޯމުތައް ފްރޮސެސްކުރުމުގައި އެކަށޭނެ ލަސްވުން ހިމެނޭކަން ހުށައެޅިފައިވާ ލިޔެކިޔުންތަކުން އެގޭކަމަށްވެސް އެ ހުކުގައިވެއެވެ. 

އެމްއާރުއެމް އުވާލަން އީސީން ނިންމާފައިވަނީ ސީޔާސީ ޕާޓީ އުވާލަންޖެހޭ ހާލަތެއް ނެތިކަމަށް ވުމުން އެ ނިންމުމަކީ ގާނޫނާއި އަސާސީގެ 43 ވަނަ މާއްދާގެ (ހ) އާއި އަދި ސީޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފު ބާތިލު ނިންމުމެއްކަމަށާއި ސިވިލްކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އެ ނިންމުމާއި ގުޅިގެން ޝަރީއަތަށް ހިނގި ހަރަދުގެ ގޮތުގައި 50،000 ރުފިޔާ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށްވެސް ސިވިލްކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް