24 ބިލެއް މަޖިލީހަށް، ބައެއް ޤާނޫނުތަކަށް އިސްލާހު
މުހައްމަދު އާދަމް އަހްމަދު
13 ފެބްރުއަރީ 2024 - 10:43:35
މީޑިއާ ކޮމިޝަންގެ ބިލާއި އެކު 24 ބިލެއް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާކަން ސަރުކާރުން އަންގައިފިއެވެ.
މިއަދުގެ ރައްޔިތުން މަޖިލީހުގައި މަޖލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ ސަރުކާރުން މަޖލީހުގެ ފުރަތަމަ ދައުރަށް ހުށައަޅަން ނިންމާފައިވާ ބިލްތައް އިއުލާންކޮށްފައެެވެ، ސަރުިކާރުން ހުށައަޅާ ބިލްތަކުގެ ތެރޭގައި ކުރީގެ ރައީސްކަން ކުރި މީހުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބިދޭ ޤާނޫނަށް ހުށައަޅާ އިސްލާހާއި ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށައަޅާ އިސްލާހުވެސް ހިމެނެއެވެ.
ސަރުކާރުން ހުށައަޅާ ބިލުތައް
- ބިމުގެ ބިލް
- ބޯހިޔާވަހިކަމުގެ ބިލް
- ރިއަލް ސްޓޭޓް ވިޔަފާރީގެ ބިލް
- އާބަން ޕްލޭނިން އަދި އާބަން ޑިވަލޮޕްމަންޓުގެ ބިލް
- ނަފްސާނީ ސިއްހަތުގެ ބިލް
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް
- ކޮޕީރައިޓާއި އެ އާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދަތުރު ރާވާ ހިދުމަތް ދިނުމުގެ ބިލް
- ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް
- ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ފޮރިން އިންވެސްޓްމަންޓްގެ ބިލް
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މާލީ ސެކިއުރިޓީސްއާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލް
- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް
- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބިލް
- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މީޑިއާ ކޮމިޝަނުގެ ބިލް
- ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ސަރުކާރުން ހުށައަޅާ ބިލްތަކުގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ބިލަކާއި ބިމާއު ބޯހިޔާވަހިކަމުގެ ދެ ބިލްވެސް ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް