ads
ޒަކާތު ފައިސާ އެންމެ ގިނައިން ދިނީ ކެންސަރު ފަރުވާއަށް
ޒަކާތު ފައިސާއިން މިދިޔަ މަހު އެންމެ ބޮޑު އެހީއެއް ދޫކުރީ ކެންސަރު ބަލީގެ ފަރުވާތަކަކަށް ކަން ޒަކާތު ހައުސް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި "ޒަކާތުގެ ހައުސް" ގެ އިދާރާއެއް އުފެއްދެވީ މިއަހަރުގެ 2 ވަނަދުވަހުއެވެ. 

މި އިދާރާއިން ފުރަތަމަ މަހު ފައިސާ ބެހި ގޮތުގައި ތާފާސް ހިސާބުތަކުން ދައްކާ ގޮތުން މިިދިޔަ މަހުގ 65 މީހަކަށް އެހީގެ ގޮތުގައި -/794،120.50 ރުފިޔާ ވަނީ ހަމަޖައްސާފައެވެ. މީގެތެރެއިން -/441،012 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 

އެއް ބަޔަކަށް އެންމެ ގިނައިން އެހީ ދީފައިވަނީ ކެންސަރު ބަލީގެ މީހުންނަށެވެ. އެ ބައްޔަށް އެހީގެ ގޮތުގައި ޒަކާތު ފަންޑުން ވަނީ -/207،748 ރުފިޔާ ދޫކޮށްފައެވެ. ދެން އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ޓްރާންސްޕްލާޓް ކުރުމަށެވެ. މިކަމަށް -/76،329 ރުފިޔާ ވަނީ ދޫކޮށްފައެވެ. 

އެހީ ހޯދައިވާ ބަލިތަކާއި ހޭދަވި އަދަދު 

  • ކެންސަރަށް -/207،748 ރުފިޔާ
  • ހިތުގެ އޮޕަރޭޝަނަށް -/42،405 ރުފިޔާ
  • ޓްރާންސްޕްލާންޓަށް -/76،329 ރުފިޔާ
  • ސިކުންޑީގެ އޮޕަރޭޝަނަށް -/59،367 ރުފިޔާ
  • އެހެނިހެން -/408،235.50 ރުފިޔާ

ހާއްސަ ހާލަތްތައް މެދުވެރިންގެން އެހީއަށް އެދި ހުށައެޅި 6 މީހަކަށް -/16،437.11 ރުފިޔާ ޒަކާތު ހައުސް އިން ދޫކޮށްފައިވާކަންވެސް އެ ހައުސްގެ ފުރަތަމަ މަހުގެ ހިސާބުތަކުން ދައްކައެވެ. މި ހަރަދުތަކުގެ އިތުރުން ދެން ހަރަދު ހިންގާފައިވަނީ އެ ހައުސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދީނީ ޕްރޮގްރާމްތައް ހިންގާށެވެ. 

ޒަކާތުގެ ހައުސް މުވައްޒަފުންގެ މުސާރައަށް -/172،050.59 ރުފިޔާ ދޫކޮށްފައިވެއެވެ. ދީނީ ޕްރޮގްރާމްތައް ހިންގަން ދޫކުރީ -/292،177.94 ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް