ގަތަރުގައި ހައްޔަރު ކުރި އަށް މީހުންނަކީ އެގައުމުގައި މަސައްކަތްކުރަމުން ދިޔަ ބައެކެވެ.
އެމީހުން މިދިޔަ އަހަރު ހައްޔަރުކުރުމަށްފަހު މެރުމަށް ހުކުމްކުރިއެވެ. ނަމަވެސް ފަހުން ގަތަރުގެ ސަރުކާރުން ވަނީ އެމީހުން ދިގު މުއްދަތައް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް މިހާރު އެމީހުން މިނިވަންކުރުމަށް އެގައުމުން ވަނީ މި ހަފްތާގެ ތެރޭގައި ނިންމާފައެވެ. ގަތަރުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެމީހުން މިވަންކުރީ ގަތަރުގެ އަމީރުގެ ނިންމެވުމަކަށް ކަމަށެވެ.
އެމީހުން ދޫކޮށްލާފައިވަނީ ބޮލީވުޑުގެ ތަރި ޝާހުރުކު ހާންގެ އެދުމަކަށްކަމަށް އިންޑިއާގެ ސިޔާސީ މީހެއްކަމަށްވާ ސުބްރަމަނިއަން ސްވާމީ ވަނީ ބުނެފައެވެ. ސްވާމީ ބުނެފައިވަނީ ގަތަރުގެ އަމީރާ ޝާހުރުކް ހާން ވާހަކަދެއްކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އެދިލެއްވުމަށެވެ. ނަމަވެސް ސުވާމީގެ މި ވާހަކަ ޝާހުގެ މެނޭޖަރު މިރޭ ވަނީ ދޮގުކޮށްފައެވެ.
ޝާހުގެ މެނޭޖަރު ބުނެފައިވަނީ އެމީހުން މިނިވަންކުރުމުގައި ޝާހުރުކުހާންގެ އަތެއް ނުވާކަމަށެވެ.