ads
ރާއްޖެއަށް ވަގަށް ވައްދަނިކޮށް އަތުލައިގެން 13.6 މިލިއަންގެ ސިނގިރޭޓް
ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެގި ވަގުން ހައްޔަރުކޮށްފި
އެމްޕީއެލްގައި ހުއްޓާ ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެގި ތުހުމަތުގައި 4 މީހަކު މިރޭ ހައްޔަރުކޮށްފިކަމަށް ދިވެހިންގެ ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އޭޕްރިލްމަހު ކަސްޓަމްސްއިން ހިފަހައްޓާ އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް 2 ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ މިމަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. 

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މި މައްސަލާގައި މިކަން ހިންގާ ރޭވުމުގައި އިސްކޮށް އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

ހައްޔަރު ކުރީ 

  • 2 ވިޔަފާރިވެރިން 
  • ކަސްޓަމްސްގެ އިސް މުވައްޒަފެެއް 
  • އިތުރު މީހެއް

އެހެންނަމަވެސް މި މީހުންގެ ވަނަވަރެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. 

ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އޮޕަރޭޝަން މިރޭވެސް ކުރިޔަށްދާ ކަމަށެވެ. އަދި މި ކަމާއި ގުޅޭ ތަފްސީލުތައް ފަހުން އާއްމު ކުރާނެކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް