ads
އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
ސިނގިރޭޓް ވަގަށް ނެގުން، ހައްޔަރުކުރި ވިޔަފާރިވެރިންނަކީ އާއްޓޭއާ ދިގަލި
އެމްޕީއެލްގައި ހުއްޓާ ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެގި ތުހުމަތުގައި ހައްޔަރުކުރި ވިޔަފާރިވެރިންނަކީ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ކަން އެނގިއްޖެއެވެ.
Advertisement

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި 4 މީހަކު މިރޭ ހައްޔަރުކޮށްފިކަމަށެވެ. އެނގިފައިވާ ގޮތުން މި އެންމެންވެސް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މިދިޔަ އޭޕްރިލްމަހު ކަސްޓަމްސްއިން ހިފަހައްޓާ އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް 2 ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ މިމަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. 

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މި މިކަން ހިންގާ ރޭވުމުގައި އިސްކޮށް އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

ހައްޔަރު ކުރީ 

  • 2 ވިޔަފާރިވެރިން 
  • ކަސްޓަމްސްގެ އިސް މުވައްޒަފެެއް 
  • އިތުރު މީހެއް

އެހެންނަމަވެސް މި މީހުންގެ ވަނަވަރެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އޮޕަރޭޝަން މިރޭވެސް ކުރިޔަށްދާ ކަމަށެވެ. އަދި މި ކަމާއި ގުޅޭ ތަފްސީލުތައް ފަހުން އާއްމު ކުރާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް