ads
ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިގަދަވާތީ މެޓުނެ ސަމާލުވާން އަންގައިފި
މެދުރާއްޖެތެރޭގައި ބައެއް ސަރަހައްދުތަކަށް ވައިގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. މިއަދު ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާށްކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް ސަމާލު ނެރެފައެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ. 

ނ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. 

އެހެން ކަމުން ކަނޑުދަތުރު ފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް