ads
މަނަދޫ ޖެޓީގެ ކޮންކްރީޓް މަސައްކަތް ފަށައިފި
ނ. މަނަދޫ ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް ނިންމައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މަނަދޫ ޖެޓީގެ މަސައްކަތަކީ އެ ރަށު ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެމްޓީސީސީން މިއަދު ބުނީ މަނަދޫ ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖެޓީގެ ބާބެންޑިން އާއި ކޮންކްރީޓް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރު ފުންކޮށް، 17,450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ އިތުރުން 183 މީޓަރުގެ ބޭރުތޮށި ލާނެ އެވެ.

މީގެއިތުރުން 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު ފަސް މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި ހަރުކުރުން ވެސް މި މޝަރޫއުގެ ތެރޭގައި ހިމެނެ އެވެ.

މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއަކީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް