ads
ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު
"އަރުތަ" ޕްރޮގްރާމް ކެންސަލެއް ނުކުރާނަން: ވަޒީރު
"އަރުތަ" ޕްރޮގްރާމުން ދީފައިވާ އެއްވެސް ސްކޮލަޝިޕެއް އަތުލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން އެތުލީޓުންގެ ތަމްރީނުތަކަށް ފެށި "އަރުތަ" ޕްރޮގްރާމުން ދީފައިވާ އެއްވެސް ސްކޮލަޝިޕެއް އަތުލުމުގެ ވިސްނުން ނުގެންގުޅުއްވާ ވަޒީރު ވިދާޅުވީ، ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އަރުތަ ޕްރޮގްރާމަކީ އަލުން ދިރާސާކޮށް އުސޫލެއްގެ ތެރެއަށް ފައްތަންޖެހޭ ޕްރޮގްރާމެއް ކަމަށެވެ. ސްކޮލަޝިޕް ދީފައި ހުރި ގޮތާ މެދު ވަޒީރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ކުރިއަށްހުރި ސްކޮލަޝިޕްތަކުގެ ފުރުސަތު ދެވިގެންދާނީ އުސޫލުތަކަށް ބެލުމަށްފަހު، އެސޯސިއޭޝަންތަކާވެސް މަޝްވަރާކުރެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަކު އަރުތަ ޕްރޮގްރާމުން ދީފައިވާ އެއްވެސް ސްކޮލަޝިޕެއް ކެންސަލެއް ނުކުރާނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މިދިޔަ ސަރުކާރުގެ ދައުރު ހަމަވިއިރު އެ ޕްރޮގްރާމުގައި 50 އަށްވުރެ ގިނަ އެތުލީޓުން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ސްވިމިން، ޓެނިސް އަދި ބީޗް ވޮލީބޯޅައިގެ ކުޅުންތެރިން ހިމެނެއެވެ.

ކުޅިވަރު އެތުލީޓުންގެ ތަމްރީނުތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކާއި ތަމްރީނުތަކަށް ހަރަދުކުރުމުގެ ގޮތުން މިދިޔަ ސަރުކާރުން އަރުތަ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މީގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޒް ވަނީ އަރުތަ ޕްރޮގްރާމް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް