ads
ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ
މިއަދު ހައިކޯޓުން ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން އަމުރުކޮށްފައިވަނިކޮށް، އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމަވާފަވާކަން ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ހާމަކުރައްވައިފި އެވެ.

އުޝާމް މިރޭ ވިދާޅުވީ، ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށާއި، ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިވާ ކަމަށެވެ.

އުޝާމް ވިދާޅުވީ، އެމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެކަމަށެވެ.

 "ދައުލަތުގެ ފަރާތުން މިނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފަ." ބަންޑާރަ ނައިބު އުޝާމް ސޯޝަލް މީޑިއާ ވެބްސައިޓް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.  

އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުނަސް، ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

 އެމައްސަލަ ހައިކޯޓަށް ހުށަހެޅުމުން މިއަދު ކުރި އަމުރުގައި ވަނީ އެ މަޝްރޫއު ހުއްޓުވަން ވަގުތީ އަމުރު ނުނެރިފި ނަމަ މައްސަލަ ހުށަހެޅި ފަރާތާއި، އާންމުންނަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އެކަމުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

ގުޅީފަޅުގެ މަޝްރޫއުގެ ދަށުން ހިއްކަން ނިންމާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް