ads
ފުނަދޫ ފުޓުބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި
ށ. ފުނަދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

ފުނަދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންއާއެކު އެމްޓީސީސީއިން ސޮއި ކުރީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، ސަބްބޭސް ހެދުމަށް ބޭނުންވާ 2,400 ކިއުބިކް މީޓަރުގެ ވެލި އެކްސްކަވޭޓް ކޮށް، 15,039 އަކަ މީޓަރުގެ ސަރަހައްދެއްގެ ސަބްބޭސް ތައްޔާރު ކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ތިން މަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 3.49 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއަކީ ޒުވާނުންގެ ދުޅަހެޔޮކަމަށާއި، ރަށުގެ އިޖުތިމާއީ ތަރައްގީއަށް މިކަމުން ހެޔޮ އަސަރުތަކެއް ކުރާނޭ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް