ads
މިދިޔަ އަހަރު އެންމެ ކުށްގިނައީ މާލެއާއި އައްޑޫގައި، ގިނައީ ވައްކަން
މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އެންމެ ކުށް ގިނައީ ވެރިރަށް މާލޭ ސަރަހައްދާއި އައްޑޫ ސިޓީގައިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަ އަހަރުގެ ފަހު ކުއާޓާގައި މުޅި ރާއްޖެއިން 8907 މައްސަލަ ވަނީ ހުށައަޅާފައެވެ. އޭގެތެެރެއިން 6965 މައްސަލައަކީ މާލޭ ސަރަހައްދުގައި ހިނގާފައިވާ މައްސަލަތަކެވެ. 

ފުލުހުން ބުނީ ހުށައެޅި މައްސަލަތަކުގެ ތެރެއިން 3337 މައްސަލަ ބަލާފައިވަނީ މާލޭ ސަރަހައްދުންކަމަށެވެ. ދެން އެންމެ ގިނަ މައްސަލަ ބެލި އައްޑޫ ސިޓީން 183 މައްސަލައެއް ވަނީ ބަލާފައެވެ. ފުވައްމުލަކުން 90 މައްސަލަ އަދި ކުޅުދުށްފުށި ސިޓީން 44 މައްސަލައެއް ބަލާފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

މައްސަލަތައް ބެހިފައިވާގޮތް

  • ވައްކަމުގެ 1264 މައްސަލަ 
  • އެކްސިޑެންޓްގެ 638 މައްސަލަ 
  • ޑްރަގުގެ 378 މައްސަލަ

ހުށައެޅު މައްސަލަތަކުގެ ތެރެއިން މާލޭ ސިޓީން 3478 މައްސަލަ ބަލާ ވަނީ ނިންމާފައެވެ. އައްޑޫ ސިޓީން 99 މައްސަލައެއް އަދި ފުވައްމުލަކު ސިޓީން 96 މައްސަލައެއް ބަލާ ނިންމާ ފައިލް ލައްޕާފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެން އަތޮޅުތަކުން ޖުމްލަ ބަލާ ނިންމި މައްސަލަތަކުގެ އަދަދު އަރަނީ 599 އަކަށެވެ.

ބަލާ ނިންމި މައްސަލަތަކުގެ ތެރޭގައިވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތެކެވެ. ވައްކަމުގެ 1378 މައްސަލަ ބަލާ ނިންމިއިރު ޑްރާގައި ގުޅުން ހުރި 490 މައްސަލައެއްވެސް ވަނީ ބަލާ ނިންމާފައެވެ. ދައުވާކުރަން ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީވެސް މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތަކެވެ. 

ފުލުހުންގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ގެވެށި އަނިޔާގެ 68 މައްސަލައެއް އެ އިދާރާއަށް ވަނީ ހުށައަޅާފައެވެ. އެ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށް 4 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ގެވެށި އަނިޔާގެ މައްސަލަތައްވެސް އެންމެ ގިނައީ ވެރިރަށް މާލޭގައެވެ. މާލެއިން 43  މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް