ads
މުއިއްޒު މުއްތަލިބަށް، ގެއްލުންވާ އެއްބަސްވުން އޭސީސީއަށް ހުށައަޅާ
ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރިމެންޓް ހަދާފައިވާނަމަ އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅަން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން ހުއްޓާލަން އެންގި އަމުރު ސުޕްރީމްކޯޓުން މަޑުޖައްސާލުމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިދިޔަ ސަރުކާރުން ގުޅި ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށް ފައި އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށްކަމަށެވެ. އަދި އެއީ ރާއްޖެއަށް ހެޔޮ އެދޭ ބަޔަކު ހަދާނެ ފަދަ އެގްރިމެންޓެއް ނޫންކަމަށް މުއްތަލިބް ވަނީ ވިދާޅުވެފއެވެ. 

މި ވާހަކަތައް ލިޔުއްވާ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓް ރީޕޯސްޓް ކުރެއްވަމުން ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އަހްމަދު މުއިއްޒު ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރިމެންޓް ހަދާފައިވާނަމަ އެ މައްސަލަ އަވަހަށް އޭސީސީއަށް ހުށައެޅުމަށް ގޮވާލައްވާފައެވެ. 

ވަޒީރު މުއްތަލިބްގެ އެވާހަކަތައް އިންފްރާސްޓްރަކްޗާ މިނިސްްރީގެ ކުރީގެ ނައިބު އަކްރަމް ކަމާލުއްދީންވެސް ވަނީ ރައްދުދެއްވާފައެވެ. އަކްރަމް ވިދާޅުވީ ދައުލަތަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެގްރީމަންޓް އެއްކަމަށް ވަޒީރު މުއްތަލިބް ވިދާޅުވާއިރު އެއީ ކޮން ގެެއްލުމެއްކަން ވިދާޅުނުވީ ރައްޔިތުންނަށް އޮޅުވާލެއްވުމަށްްކަމަށެވެ. އަދި ވާ ގެއްލުން ބުނެދޭން ނުކުރެނީ ގެއްލުންވާކަމެއް ނެތުމުން އެކަމެއް ފާހަގަނުކުރެވިގެންކަމަށް ވިދާޅުވެ ގެެއްލުން ހާމަކޮށްދިނުމަށް އަކްރަމުން ވަނީ ގޮވާލައްވާފައެވެ. 

"'ގެއްލުންވާކަމެއް ނެތީމާ އެކަމެއް ފާހަގަނުކުރެއްވެވުނީ . ހާމަ ކޮށްދެއްވަން ވީ ނޫންތޯ !." އަކްރަމްގެ ރައްދުގައިވެއެވެ.

ގުޅިފަޅު ހިއްކަމުން ދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އަމިއްލަ ހުށައެޅި މައްސަލައެއްގައި ހައި ކޯޓުން އަމުރު ނެރުނީ އެ މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ މަސައްކަތް އިހަށް މަޑުޖައްސާލާށެވެ. އެހެންނަމަވެސް އެކަމުން ބޮޑު ގެއްލުމެއްވާކަމަށް ބުނެ ދައުލަތު އެ މައްސަލަ އެންމެ މަތީ ކޯޓްގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އިއްޔެ ސުޕްރީމްކޯޓުން ވަނީ އަމުރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް