ads
އާތީ ކޯޗު
އާތީ ކޯޗު މަސްއޮޑިއާއެކު ހުންނާނެ ކަމެއް އަދި ނޭނގޭ
ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މަސްއޮޑި ސްޕޯޓްސް ކްލަބަށް ހޯދައިދިން މުހައްމަދު އާތިފް - އާތީ ކޯޗު މަސްއޮޑި ޓީމާއެކު ކުރިއަށް އޮތްތަނުގައި ހުންނާނެ ކަމެއް އަދި ނޭނގޭ ކަމަށް ބުނެފިއެވެ.

ވިކްޓްރީ ބަލިކޮށް މިއަދު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އާތީ ކޯޗުގެ އިރުޝާދާއެކު މަސްއޮޑިން ހޯދިއިރު، އެ ޓީމު އަންނަ ސީޒަނުގައި ކުޅޭނީ އެއްވަނަ ޑިވިޝަނުގައެވެ. 

އެއްވަނަ ޑިވިޝަނުގައި އެތައް ކްލަބަކާއެކު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު، އާތީ އެކަމަކު މެޗަށް ފަހު ބުނީ ފުރަތަމަ ޑިވިޝަނުގައި މަސްއޮޑިއާއެކު ހުންނާނެ ކަމާމެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. 

އަދި އެއްވެސް ޑިޒިޝަނެއް ނުނަގަން. އެއީ ފުރަތަމަ ބަލަން ޖެހޭނީ ރާއްޖޭގެ ފުޓްބޯޅަ މިއޮތް ހާލަތަށް. މި ހާލަތުގައި ބަޔަކު ގޮވައިގެން އެއް އަހަރު މިކަން ކުރެވިދާނެތޯ އެންމެ ފުރަތަމަ ބަލަން ޖެހޭނީ. ވަރަށް ބޮޑު އެސެސްމެންޓެއް އެކަމުގައި ހަދަން އެބަޖެހޭ، އެހެން ނޫނީ ކުޅުންތެރިން މޯޓިވޭޓް ނުވެ، ކޯޗު މޯޓިވޭޓް ނުވެ އެހާ ފަސޭހަ ކަމެއް ނޫން އެއީ އެއް އަހަރު އެކަން ކުރުމަކީ. އެހެންވެ އަދި ޑިސައިޑެއް ނުކުރަން. މެޗަށް ފަހު ކޯޗު ބުންޏެވެ.

މަސްއޮޑިން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވިރު ވިކްޓްރީ ބަލިކޮށްގެނެވެ. އާތީ ކޯޗުގެ އިރުޝާދުގެ ދަށުން މަސްއޮޑިން ޗެމްޕިއަންކަން ހޯދިއިރު، ފައިނަލަށް ދިޔުމާއެކު އަންނަ ސީޒަނުގައި އެއްވަނަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު މަސްއޮޑިއަށްވަނީ ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް