ads
އިއްބެ
އުނދަގޫ ދަތުރަކަށް ފަހު މަސްއޮޑި ގޮވައިގެން އިއްބެ ފަސްޓަށް
ދެވަނަ ޑިވިޝަން މުބާރާތް ކާމިޔާބު ކުރެވުނީ ޓީމެއްގެ ގޮތުގައި އެންމެން ކުރި މަސައްކަތުން ކަމަށް، މަސްއޮޑި ޓީމު މުބާރާތުގައި ލީޑު ކުރި ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހީމް ވަހީދު – އިއްބެ ބުނެފިއެވެ.

ގިނަ ދުވަސްތަކެއްވަންދެން ކްލަބު ފުޓްބޯޅަ ނުކުޅެ ހުރުމަށް ފަހު މަސްއޮޑި ޓީމަށް ދެވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމުގައި އިއްބެގެ ހިއްސާ ބޮޑެވެ. މަސްއޮޑި ދެވަނަ ޑިވިޝަން ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސައްތައިން ސައްތަ ރެކޯޑަކާއެކުއެވެ. ފައިނަލުގައި ހުކުރު ދުވަހު ހަވީރު މަސްއޮޑިވަނީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ވިކްޓްރީ ބަލިކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، އިއްބެ ބުނީ މި ކާމިޔާބަކީ ޓީމެއްގެ ގޮތުގައި އެންމެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މިއީ ޓީމެއްގެ ގޮތުގައި ނުކުމެ ކުރި މަސައްކަތުގެ ނަތީޖާ. ހާއްސަކޮށް އާތީ ކޯޗު ކުޅުންތެރިންނަށް ބެހެއްޓި އިތުބާރާ، މަސްއޮޑި ޓީމުގެ މެނޭޖްމެންޓުން ދިން ސަޕޯޓުން އަހަރުމެންނަށް މި މުބާރާތް ކާމިޔާބު ކުރެވުނީ- އިއްބެ

ދެވަނަ ޑިވިޝަނުގައި މި ފަހަރު އިއްބެ މި ކުޅުނީ ރަސްމީ މެޗެއް ނުކުޅޭތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ. ދެވަނަ ޑިވިޝަންގެ ކުރިން އިއްބެ ރަސްމީ މެޗެއް އެންމެ ފަހުން ކުޅުނީ ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ ޖޫން ޖުލައިގައި އިންޑިޔާގައެވެ.

މި ސީޒަނުގައި، ލޯން އެއްބަސްވުމެއްގެ ދަށުން، އިއްބެ އެންމެ ފުރަތަމަ ގުޅުނީ ވެލެންސިއާއާ އެވެ. އެ ޓީމާ އެކު، ޕްރީ ސީޒަން ޕްރެކްޓިހަށް ނުކުމެ، ސީޒަން ތެރޭގައި ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ވެލެންސިއާ އަށް ފީފާ އިން ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް އިއްބެ ރަޖިސްޓްރީ ނުކުރެވުނެވެ. އެހެންކަމުން މުޅި ސީޒަންގައި އިއްބެ ހުރީ ކްލަބު ފުޓްބޯޅައާ ދުރުގައެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަން މަސްއޮޑި، އަންނަ ސީޒަންގައި ކުޅޭނީ އެއްވަނަ ޑިވިޝަންގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް