ads
އިދިކޮޅުގެ ބޭނުމަކީ ބަންގުރޫޓު ކޮށްލައިގެން ވިޔަސް ވެރިކަން ވައްޓާލުން: ނިހާދު
އިދިކޮޅުގެ ބޭނުމަކީ ބަންގުރޫޓު ކޮށްލައިގެން ވިޔަސް ވެރިކަން ވައްޓާލުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅު ވެއްޖެ އެވެ.
Advertisement

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެފައި ވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ފަތުރަމުން އަންނަ ކަމަށާއި މިކަމުން ހާމަ ވަނީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މައްޗަށް އެއްވެސް ވަރަކަށް ލޯއްބެއް އަދި ކުލުނެއް ވެސް ނެތްކަން ކަމަށެވެ.

ރައްޔިތުންގެ މެޖޯރިޓީން ގެނައި ވެރިކަމެއް ބަގާވާތަކުން ވައްޓާލަން އިދިކޮޅުން އުޅޭކަމަށް ތުހުމަތު ކުރައްވަމުން ނިހާދު ވިދާޅުވީ ވެރިކަން ވައްޓާލަން އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ. އޭނާ އެހެން ވިދާޅުވިއިރު ސޯޝަލް މީޑިއާގައި ދިވެހި ރާއްޖެ ބަނގުރޫޓުވަމުން އަންނަ ކަމަށް ބުނެ އަޑު ދަނީ ފެތުރެމުންނެވެ.

އިދިކޮޅު ފަރާތްތަކަށް ތުހުމަތު ކުރައްވާ ނިހާދު ވާހަކަ ދެއްކެވި އިރު، ދިވެހިރާއްޖެ ބަނގުރޫޓުވެ އައިއެމްއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ މި ހަބުރުތައް ދޮގުކޮށްފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ބޮއްސުންލައި އައިއެމްއެފްގެ މާލީ އެހީއަށް އެދެމުންދާ ކަމުގަ އެވެ.އަދި ރާއްޖޭގެ ބައެއް ނޫސްތަކުން ވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ "ބޭންކްރަޕްސީ ޕްރޮގްރާމް" އަށް ރާއްޖެއިން ވަނުމަށް ނިންމާފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސަރުކާރުން ހުށަަހެޅީ 700 މިލިއަން ޑޮލަރުގެ ޕެކޭޖަކަށް ކަމަށެވެ. އަދި އޭގެތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ދިނުމަށް ސަރުކާރުން އެދިފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް