މާފަންނުގައި ހުންނަ ވަޑާންގެއިން ހަރުފަ ފެނުނުކަން އެތަނުގައި މަސައްކަތް ކުރާ މީހަކު ވަނީ މީޑިއާ އަކަށް މިކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނިގޮތުގައި ހަރުފަ ފެނުނީ ވަޑާންގޭގައި ހުރި ފިލާތަކެއްގެ ތެރެއިން ކަމަށާއި އެއީ ބޮޑު ހަރުފައެއް ކަމަށެވެ.
ހަރުފަ ފެނުމާއެކު ސިފައިންނަށް އެކަން ރިޕޯޓު ކުރުމާއެކު ވަގުތުން އެ ހަރުފަ ނަގައިގެން ސިފައިން ގެންދިޔަ ކަމަށާއި އެ ހަރުފައިގެ ސަބަބުން ވަޑާންގޭގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.
ހަރުފަ ގޯންޏަކަށް ލާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އެ ވީޑިއޯއަކީ ސިފައިން ހަރުފަ ހިފާ ގޯންޏަށް ލުމުން ނަގާފައިވާ ވީޑިއޯއެކެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.