ads
ކްރިއޭޓާސް ކޮންފްލުއެންސްގެ ތެރެއިން
ފަންނުވެރިންގެ ހިޔާލު ހޯދުމަށް ކްރިއޭޓާސް ކޮންފްލުއެންސް ފަށައިފި
ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށް ގެންދާ ކްރިއޭޓާސް ކޮންފްލުއެންސް ފަށައިފި އެވެ.
Advertisement

ބީސީސީން ބުނީ މިއީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހިމެނުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށެވެ.

އަދި ބީސީސީން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ "ކްރިއޭޓާ ހަބް" ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ، ފަންނުވެރިންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަކީ ވެސް މި ބައްދަލުވުމުގެ މަގްސަދެއް ކަމުގައި ބީސީސީން ބުނެ އެވެ.

your imageބީސީސީގެ މެނޭޖިން ޑިރެކްޓަރު ޒިޔާއު ބައިވެރިންނާއި ވާހަކަ ދައްކަވަނީ

ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި ކޮންފްލުއެންސް، މިއަދު ނެޝަނަލް އާޓް ގެލެރީގައި ވަނީ ފަށާފަ އެވެ. އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބީސީސީން ބާއްވާ މި ބައްދަލުވުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގަ އެވެ. މި ކޮންފުލުއެންސް މިރޭ 10:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ބީސީސީން މައުލޫމާދެ އެވެ.

ބީސީސީން ބުނީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖުރިބާކާރުން މި ކޮންފްލުއެންސްގައި ބައިވެރިވެ ހިޔާލާއި މަޝްވަރާ ދެމުންދާ ކަމަށެވެ.

މީގެއިތުރުން މިފަދަ ކޮންފްލުއެންސްތަކުގެ ސަބަބުން މި ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މަގުފަހިވެގެންދާނެ ކަމަކަށް ބީސީސީން ބުނެ އެވެ. އަދި ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަކީ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

your imageބީސީސީން ކުރިއަށްގެންދާ ކްރިއޭޓާސް ކޮންފްލުއެންސްގެ ތެރެއިން 

ބީސީސީން ގާއިމްކުރާ ކްރިއޭޓާ ހަބް އިމާރާތް ކުރާނީ އެގާރަ ފަންގިފިލާއަށެވެ. އަދި އެތަން ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއިއިމާރާތް ތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށް ކަމަށް ބީސީސީން ބުނެ އެވެ.

ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައި އިމާރާތްކުރާ ކްރިއޭޓާ ހަބް 1500 އަކަފޫޓުގެ ޖާގައެއްގައި ގާއިމުކޮށް، އެތަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް ބީސީސީން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް