ads
މިސް ޔުނިވާސް ސުޝްމިތާ ސެންގެ ކަސްރަތާއި ނާސްތާ
ދުޅަހެޔޮކޮށް އަދި ނަލަކޮށް ހުރުމަށް މިސްވޯލްޑުގެ މަގާމު 1994 ވަނަ އަހަރު ހޯދާފައިވާ ސުޝްމިތާ ސެން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރެއެވެ.

މިހާރު އުމުރުން 48 އަހަރުގެ ސުޝްމީތާ ކޮންމެ ދުވަހަކުވެސް އޭނާ ތަފާތު ކަސްރަތުތައް ކުރުމާއި ފައިދާ ހުރި ކާނާ އޭނާކައެވެ. އަދި އޭނާގެ އުމުރާއި ބަލާއިރު އޭނާ އަދިވެސް ޒުވާންކަމަށް ފެނެއެވެ. އެއީ އޭނާ ހަށިގަނޑަށް ދޭ ސަމާލުކަމުގެ ސަބަބުންނެވެ.  

ކަސްރަތުތައް: 

މިގޮތުން ކުރާ ކަސްރަތުތަކުގެ ތެރެގައި، ފެތުމާ، ނެށުންފަދަ ކަންކަން ކުރެއެވެ. އަދި ސުޝްމީތާގެ ފިޓްނެސްގެ މައިބަދައަކީ އޭނާ ކުރާ ސްޓެންތް ޓްރެެއިނިންއެވެ.  ޖިމަށް ގޮސް ބަރު އުފުލައިގެން ވެސް ވެސް ކަރަސްތުކުރެއެވެ. އަދި ޕުޝް އަޕްސް، ސްކުއަޓްސް، އަދި ލުންގްސް ހެދުން ފަދަ ކަންކަން ކުރެއެވެ. އެއީ އޭނާގެ މެޓަބޮލިކް ރޭޓް ރަނގަޅުކޮށް މަސްތަކުގެ ބައްޓަން ރަނގަޅުކުރުމަށެވެ. 

މީގެ އިތުރުން ސުޝްމީތާއަކީ ޔޯގާ ހެދުމާއި ފެތުމަށް ލޯބިކުރާ މީހެކެވެ. އޭގެ ސަބަބުން އޭނާގެ ސްޓެޗިން ރަނގަޅުވެސް ނަފްސާނީ ދުޅަހެޔޮކަންވެސް ރަނގަޅުވެއެވެ. 

ކާނާ: 

ހެނދުނު ރަނގަޅު ނާސްތާއަކުން ފެށުމަށް އޭނާ ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. މިގޮތުން ހެނދުނު ނާސްތާގެ ގޮތުގައި ކަނީ، އެގް ޓޯސްޓާއި، މޭވާއެވެ. 

މެންދުގެ ނާސްތާއެއްގެ ގޮތުގައި އޭނާ ކަނީ، ފިހެފައިވާ ކުކުޅު އަދި މަހާއެކު ބްރައުން ރައިސްއެވެ. އަދި ސެލެޑުވެސް ކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް