މެންޗެސްޓަރ ސިޓީ ޗެލްސީ އާ ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ޗެލްސީން ނެވެ. ޗެލްސީގެ ލަނޑު ޖެހީ ސިޓީގެ ކުރީގެ ފޯވާޑް ސްޓާލިންގ އެވެ.
ސިޓީން ނަތީޖާ ހަމަހަމަ ކުރީ 83 ވަނަ މިނެޓުގައި ރޮޑްރީ ޖެހި ލަނޑުންނެވެ.
ފަހު ވަގުތު ޖެހި ލަނޑާއެކު އަމިއްލަ ދަނޑުގައި ސިޓީން ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް އިރުރުވިއެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރު 22 ގެ ފަހުން ސިޓީ އަމިއްލަ ދަނޑުގައި ބައްޔެއް ނުވެއެވެ.