ads
ނައުޝާދުގެ މަރުގެ ޝަރީއަތް ފަށައިފި
ސ. ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

ނައުޝާދު މަރާލީ މިދިޔަ އަހަރު ކުރީކޮޅު، މާފަންނު މުރަނގަ މަގުގައި ހުންނަ ކްރާސާ ފިހާރަ ތެރޭގައެވެ. އެ މައްސަލާގައި ދައުވާ ކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ ޝަރިއަތް މިއަދު ފެށިއިރު، ޝަރީއަތަށޤ ފައިހު ހާޒިރުވީ ދިފާއީ ވަކީލަކާއެކު އެވެ. ސިރުހާން ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ސިރުހާނަށް ކުރިން ވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދީފަ އެވެ. މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި އިދާރީ ކަންކަން އޮޅުން ފިލުވައި ވަކީލަކު ހަމަ ޖެއްސުމަށް ވަގުތު ދިނެވެ.

ކްރާސާ ފިހާރަ ތެރޭގައި ނައުޝާދަށް ވަޅިން ހަމަލާ ދިނީ މިދިޔަ އަހަރު ފެބްރުއަރީ 24، ވަނަ ދުވަހު 9:30 ހާއިރެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް