ads
ޑޮލަރު ލިބުން ދަތިވީ ބޮންޑުތަކަށް ދިނުމުން: މަޓާޓޯ
ބޮންޑުތަކަށް ފައިސާ ހަރަދުކުރުމުގެ ބަދަލުގައި ވިޔަފާރިތަކަށް ލޯނުދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) ސަރުކާރަށް ގޮވާލައިފިއެވެ. .

މަޓާޓޯއިން މިއަދު ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިހާރު މިގައުމަށް ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން ދިމާވާ ޖެހުން އެއްސަބަބަކީ ބޭންކުތަކުން އާންމު ވިޔަފާރިތަކަށް ލޯނު ދިނުމަގެ ބަދަލުގައި ބޮންޑުތަކަށް ފައިސާ ދެއްކުން ކަމުގަ އެވެ. 

އެ ބަޔާނުގައި ވާ ގޮތުން ސަރުކާރުން ބޮންޑުތައް ދެއްކުމުގެ ބަދަލުގައި ވިޔަފާރިތަކަށް ލޯނުދޭ ނަމަ އެ ލާރި ގައުމުގެ ތެރޭގައި ރޯލްވާނޭކަމަށާއި މިކަމުގެ ސަބަބުން ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބި ޑޮލަރުގެ ވަގު ވިޔަފާރިވެސް ހުއްޓުމަކަށް ދާނޭކަމުގަ އެވެ. 

ލޯކަލް ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށް ޑޮލަރު ލިބުން މަދުވުމުން، ރާއްޖޭގެ ހާލަތު ވަނީ ސީރިއަސް ދަރަޖަތަކަށް ގޮސް، ގައުމުގެ އިގްތިސާދުގެ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ވެއްޓިފައި ކަމަށް މަޓާޓޯއިން ބުނެއެވެ. 

ދުނިޔޭގެ ކުރިއަރާފައިވާ ދެ އިގްތިސާދު ކަމަށްވާ ޖަޕާނާއި އިނގިރޭސިވިލާތް ދާދި ފަހުން ރިސެޝަނަށް ގޮސްފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

" މިކަމުންވެސް އެނގިގެންދަނީ އިގްތިސާދީ ގޮތުން ކުރިޔަށް އަރާފައިވާ ގައުމުތަކުންވެސް އިކޮނޮމިކްސް ކްރައިސިސް އާއި ކުރިމަތިލާނެ ޖެހިދާނޭ ކަމަށާއި ދިވެހި ރާއްޖެ ފަދަ ކުޑަ ގައުމެއް މި ފަދަ ކަންކަމާއި ނުވިސްނާ ކުރިޔަށް ގޮސްފިނަމަ ގައުމު ބަނގުރޫޓު ވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ގޮސްދާނެ ކަން ކަމަށް." މަޓާޓޯގެ ބަޔާނުގައިވެއެވެ.

ބޮންޑުތަކަށް ފައިސާ މިގޮތަށް ދައްކަމުން ދާ ނަމަ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑަށް ހުރަސްއެޅި، ޑޮލަރުގެ ދަތިކަން އިތުރަށް ގޯސްވެގެންދާނެ ކަމުގައި މަޓާޓޯއިން ފާހަގަކުރެއެވެ 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް