ads
މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރި ފާތިމަތު ދިޔާނާ
ކަސްޓަމްސްގެ ޑެޕިއުޓީއަކަށް ފުރަތަމަ ފަހަރަށް އަންހެނެއް
މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފާތިމަތު ދިޔާނާ އައްޔަންކޮށްފިއެވެ.

މީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު ތާރީހުގައި މީ އެ އިދާރާގެ އިސް މަގާމަކަށް އަންހެނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. 

ފާތިމަތު ދިޔާނާ ކަސްޓަމްސްގައި ހިދުމަތް ކުރައްވާތާ 23 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. ދިޔާނާ މިހާތަނަށް ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޑެންޓެންޓްގެ މަގާމުގައެވެ.

ކަސްޓަމްސް އިން ބުނީ މީ ކަސްޓަމްސްގައި މިންތީގެ ހަމަހަމަކަން ޤާއިމުކޮށް ބާރުވެރިކުރުވުމަށް އެޅި ގަދަ ފިޔަވަޅެއްކަމަށެވެ.  

ދިޔާނާގެ އިތުރުން ކަސްޓަމްސްގައި މިހާރު ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް