ads
ދޮޅު މަހުން 44 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ: އިހުސާން
ފާއިތުވި ދޮޅުމަހެއްހާ ދުވަހު ކުރެވުނު މަސައްކަތުން 47.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިއްްޖެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިޙްސާން ވިދާޅުވީ ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފިލުވާލުވުމަށް ރައީސް ޑރ. މުއިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

 އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްގެންދަވާކަމަށްވެސް އިހުސާން  ވިދާޅުވިއެވެ.

ސަރުކާރާއި ހަވާލުވިއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން ފަރުވާއަށް ހުކުމްކޮށް ފަރުވާ ނުދެވި ތިބި ގާތްގަނޑަކަށް 700 އެއްހާ މީހުން ތިބިކަމަށާއި، އޭގެތެރެއިން 300 އެއްހާ މީހުންނަށް ފަރުވާ ދޭން މިހާރު ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެއިތުރުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން 44 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ނެރެމުގެ ކުރިން ހުއްޓުވާފައިވާކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް