ads
އީޝާ ޑިއޯލް އަދި އޭނާގެ މަންމަ
އީޝާ ޑިއޯލް ސިޔާސީ ދާއިރާއާ ގުޅިދާނެ ކަމަށް އޭނާގެ މަންމަ ބުނެފި
އީޝާ ޑިއޯލް ސިޔާސީ ދާއިރާއިން ދެތިން އަހަރު ތެރޭ ފެނިދާނެ ކަމަށް އޭނާގެ މަންމަ ބުނެފި

އެކްޓްރެސްއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު މިހާރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހެމާ މަލީނީ އޭނާގެ އަންހެން ދަރިފުޅު އީޝާ ޑިއޯލް ސިޔާސީ ދާއިރާއާ ގުޅިދާނެ ކަމުގެ އިޝާރާތެއް ދާދިފަހުން ހިއްސާ ކޮށްފައެވެ. އެގޮތުން ހެމާ މަލީނީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އީޝާ އަކީ ސިޔާސީ ކަންކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކުއްޖެއް ކަމަށެވެ.

"ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ޝައުގުވެރިވާނަމަ ހަމަޔަގީނުންވެސް ސިޔާސީ ދާއިރާއިން އީޝާ ފެންނާނެ"

އީޝާ ޑިއޯލް ދާދި ފަހުންވަނީ އޭނާގެ ފިރިމީހާ ބާރަތު ތަޚްތާނީއާ ވަކިވެ، 11 އަހަރުގެ ކައިވެނި ނިމުމަކަށް ގެނެސްފަ އެވެ. މި ދެމީހުން ގުޅިގެން ނެރުނު ބަޔާނުގައި ވާގޮތުން ކައިވެނި ރޫޅައިލަން ނިންމީ ދެ މީހުންގެ ވެސް ރުހުމާ އެކު ކަމަށެވެ.

މީގެ އިތުރަށް ދެމީހުންގެ ކައިވެންޏަށް ދެކުދިން ލިބިފައިވާއިރު ކައިވެންޏަށް ނިމުން ގެނައިނަމަވެސް ދަރިންގެ ކަންކަމުގައި އެކަކު އަނެކަކަށް ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް