ads
5 ލައްކަ ރުފިޔާގެ ސްކޭމެއް ހިންގި މީހަކު ހައްޔަރުކޮށްފި
ފަސް ލައްކަ ރުފިޔާގެ ސްކޭމެއް ހިންގި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހު އެ އިދާރާއަށް ރިޕޯޓް ކުރެވުނު ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޮނިހިރު ދުވަހު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. 

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެެވެ.

ފަސް ލައްކަ ރުފިޔާގެ މި ސްކޭމް އާއި ގުޅޭ އިތުރު ތަފްސީލެެއް މިވަގުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް އިތުރުވަމުން އަންނަ އިރު މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އޮޅުވާލައިގެން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައެއްގައި ފައިސާތައް ހޯދައި އެމައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރިކަން ހާމަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް