ads
އެންމެ ޒަރޫރީ ހަރަދު ނޫނީނުކުރަން އޮފީސްތަކަށް ވަނީ އަންގާފައި: ރައީސް
ސަރުކާރު އޮފީސްތަކާއި ކުންފުނުތަކުން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ހަރަދުތައް ނޫނީ ނުކުރަން ސަރުކާތުގެ އިދާރާތަކަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ފަރެސް މާތޮޑާ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ބޭރަށް ކުރާ ދަތުރުތަކާއި އެހެނިހެން ދަތުރުތައް ހުއްޓާލުމަށް އަންގަވައިވާކަމަށެވެ. އަދި އެމަނިކުފާނު ދެން ރަށްތަކަށް ކުރައްވާ ދަތުރުތައްވެސް ކުރައްވާނީ މިހާރު ގޮވަައިގެން ވަޑައިގަންނަވާ ޓީމަށްވުރެ ކުޑަ ޓީމުތައް ގޮވައިގެންކަމަށްވެސް ރައީސް ވިދާޅުވީއެވެ. 

" ތަރައްޤީގެ މަޝްރޫތަކަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭނެ. އެހެން ނޫނީ ދެން ހުރި މިސާލަކަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކަށް ވިޔަސް ހުއްޓާލާފައި އޮންނާނީ މިހާރު އަންގާފައި. އެހެންވީމަ އެއްވެސް ފަރާތަކުން ނުކުރާނެ. އަޅުގަނޑުމެންވެސް މި ރަށްރަށަށް ކުރާ ދަތުރުވެސް ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުތައްވެސް ކުޑްކޮށްގެން ބަލާނީ ވީހާވެސް ހަރަދުކުޑަކުރަން" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ޒަރޫރީ ހަރަދުތައް ނޫނީ ނުކުރަން އެންގެވިކަން ރައީސް ހާމަކުރައްވާފައި މިވަނީ ސަރުކާރުގެ އިގްތިސާދީ ހާލަތު ދަށްވެ ބަންގުރޫޓްވެދާނެތީ މާލީ އިދާރާތަކުގެ ބައެއް ޕްލޭންތަކަށް ވަނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އެހެންނަމަވެސް ރައީސް މިއަދުވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. 

ރާއްޖެއިން ބޭރަށް ޑިފޯލްޓް ނުވެ ބަނގުރޫޓްވެއްޖެކަމަށް އެއީ ހަގީގަތެއް ނޫން. ޑިފޯލްޓްނުވެ ފައިސާ ދައްކަމުން، ރައްޔިތުންނަށް މުސާރަ ދެމުން، ތެލަށް ފައިސާ ދައްކަމުން މިހުރިހާކަމެއް ކުރަމުން ރައްޔިތުންނާ ބޭނުންވާ އަސާސީ އަދ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރަމުން މިދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެން އިރު ދައުލަތުން ދިވެހި ކުންފުނިތަކާއި އާއްމު ފަރުދުންނަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތްކަމަށެވެ. އަދި މި ފައިސާއަކީ ކޮންމެވެސް ކުންފުންޏަކަށް ނުވަތަ ކޮންމެވެސް ވުޒާރާއަކުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާކަަމަށް ރައީސް ވިދާޅުވިއެވެ.  

" 9 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރު ކުންފުނިތަކުން އާއްމު ރައްޔިތުންނަށް ނުދީ. މިފްކޯއާއި ދެންހުރި ކުންފުނިތައް. ފެނަކާއި ސަރުކާރުގެ 50 އަކަށް ކުންފުނިތަކާއި މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތްތަކަށް ރައްޔިތުންނަށް ދޭން ޖެހިފައިވާ ނުދީ މިދިޔަ ސަރުކާރުން ހުރި 9 ބިލިއަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ މައްޗަށް އޮތް ދަރަނީގެ ފައިސާ ދައްކަމުން މިދަނީ ކުރީ ސަރުކާރުން ފައިސާ ޗާފުކުރަމުން ގެންދިޔަ ގެންދިޔުން ހުއްޓާލުމަށްފަހުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް