ads
ޑޮން 3 އަށް އެންމެ ފަހުން އެކްޓްރެސެއްގެ ގޮތުގައި ކިއާރާ އަދުވާނީ ހަމަޖައްސައިފި
ރަންވީރު ސިންގް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޑޮން 3" އަށް އެންމެ ފަހުން އެކްޓްރެސެއްގެ ގޮތުގައި ކިއާރާ އަދުވާނީ ހަމަޖައްސައިފި އެވެ.

ފަރުހާން އަޚްތަރުގެ ޑައިރެކްޓްކުރާ ފިލްމުގެ އެކްޓްރެސް އެއްގެ ރޯލުން ފެނިގެންދާ ބަތަލާގެ ހުރިހާ ކަމެއް ވެސް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޮން 3 ގެ ލީޑިން އެކްޓްރެސް އަކަށް ކިއާރާ އަދުވާނީ ހޮވިފައިވާއިރު ފިލްމުގެ ޑައިރެކްޓަރ ފަރުހާނަށް އެ ރޯލަށް ކިއާރާއަށް ވުރެ ފިޓް ތަރިއެއް ނުފެންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިފިލްމު ވެގެންދާނީ ރަންވީރާއި ކިއާރާ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލުމަށެވެ.

މިކަން ރަސްމީކޮށް ފިލްމް މޭކާއިން އިއުލާން ކުރާނެ އިރަކަށް ފޭނުންންވަނީ ކެތްމަދު ވެފައެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކިއާރާގެ ފިލްމް ތަކުގެ ތެރެއިން ބެލުންތެރިންނަށް އޭނާގެ އެކްޓިން އާއި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ މަޝްޙޫރު ބަތަލް ޝާހިދް ކަޕޫރ އާއި އެކު ފެނިގެން ދިޔަ "ކަބީރ ސިންގ" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް