ads
އިލެކްޝަން ކޮމިޝަންގެ އެސްޖީ ހަސަން ޒަކަރިއްޔާ (ވ)
އީސީން ހުސްވި މަގާމަށް ހަބީބުގެ ބަދަލުގައި އެސްޖީގެ ނަން
އިލްކެޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ހުސްވާތީ އެ މަގާމަށް އައްޔަންކުރަން އެކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާގެ ނަން ރައިސް މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ކޮމިޝަންގެ މެމްބަރެއްގެ މަގާމު ހުސްވަނީ އެކޮމިޝަންގެ ނައިބް ރައީސްކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީއެވެ.

އީސީގެ މެމްބަރުކަމަށް ކުރުމަތިލުމަށް ހުޅުވާލުމުން ހުށައެޅި ނަންތަކުގެ ތެރެއިން ރައީސް ހޮއްވަވާފައި ޒަކަރިއްޔާގެ ނަމާމެދު ގޮތެއް ނިންމަވާދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ. މަޖިލީހުން ވަނީ އެ މައްސަލަ މިނިވަން މުވައްސާތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ. 

އިލެކްޝަން ކޮމިޝަންގެ އެސްޖީގެ މަގާމަށް ހަސަން ޒަކަރިއްޔާ ވަޑައިގަތީ 2021 ވަނަ އަހަރުއެވެ. 

ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބްގެ ދައުަރު ހަމަވާނީ އަންނަމަހުގެ 13 ވަނަދުވަހުއެވެ. އީސީ މެމްބަރެއްގެ ދަައުރެއްގެ މުއްދަތަކީ 5 އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް