ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ހުށަހެޅި މައްސަލަ އެމެރިކާއިން ވީޓޯކޮށްފި
ނަސްރުﷲ މުހައްމަދު ރަޝީދު
20 ފެބްރުއަރީ 2024 - 21:54:41
ގައްޒާގައި އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މައްސަލަ އެމެރިކާއިން ވީޓޯކޮށްފި އެވެ.
އެ ހުށަހެޅުމަށް 13 ގައުމަކުން ތާއީދުކޮށްފައިވާއިރު، އެ ވޯޓުގައި އެއް ގައުމު ބައިވެރިވެފައެއް ނުވެއެވެ.
ވޯޓުގައި ބައިވެރިވެފައިނުވަނީ އިނގިރޭސި ވިލާތެެވެ.
އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެެވެ.
އެމެރިކާއިން ވީޓޯ ކުރުމުން، އެ މައްސަލަ ސަލާމަތީ މަޖިލީހުން ބޭރުވީއެވެ.
ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލާ އަލްޖީރިއާއިން ހުށަހެޅި މައްސަލަ އެމެރިކާއިން ވީޓޯކުރުމުން މިއީ އޮކްޓޯބަރު މަހު ހަނގުރާމަ ފެށިފަހުން އެމެރިކާއިން އިޒްރޭލުގެ ދިފާއުގައި ވީޓޯ ބާރު ބޭނުންކުރި ތިން ވަނަ ފަހަރެވެ.
މިހާތަނަށް އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި 29،000 މީހުން ޝަހީދުވެފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް