ads
ޗެމްޕިއަންސް ލީގުގެ ތެރެއިން
ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުން އިންޓަ މޮޅުވެއްޖެ
ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ލެގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އަތުން އިޓަލީގެ އިންޓަ މިލާން މޮޅުވެއްޖެ އެވެ.

އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. ރޭގެ މެޗުގެ 79 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ މާކޯ އާނޮޓޮވިޗް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސތު ތަނަވަސްކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. 

މި މެޗުން މޮޅުވެ، ދެވަނަ ލެގަށް ދާއިރު، އިންޓަ އިން ވަނީ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފަ އެވެ. ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ މާޗު މަހުގެ 14 ގައެވެ.

އިންޓަ އަކީ މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ޓީމެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި އެ ޓީމު ބަލިވީ މެންޗެސްޓަރ ސިޓީއާ ވާދަކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް